ތިން ބާރު ވަކިނުވާ ސަބަބު!
ރައްޔިތުންގެ މަޖިލީހަށް ބިލު ފޮނުވަނީ ސަރުކާރުންނެވެ. އެ ބިލު ފާސް ކުރަން ޖެހޭނީ ސަރުކާރުން ބޭނުންވާ ގޮތަށެވެ. އެ ނޫން ގޮތަކަށް މެންބަރަކު ވޯޓު ލުމަކީ އެ މެންބަރެއްގެ ސިޔާސީ ކެރިއާ އަމިއްލަ އަށް "ސެލްފް ޑިސްޓްރަކްޓު ކުރަން" ބަޓަނަކަށް ފިތާލުން ކަހަލަ ކަމެކެވެ. އަދި ސަރުކާރުގެ ވިސްނުމާ ދެކޮޅަށް ކޯޓަކުން ކަމެއް ކޮށްފި ނަމަ "އިއްތިފާގުން" އެ ފަނޑިޔާރުންގެ މައްސަލަތަކެއް ފެންމަތިވެ މަގާމުން ވަކި ކުރާ ހިސާބަށް ދާނެ އެވެ.