ސުޕްރީމް ކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ. ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހައި ކޯޓުގެ އިސް ފަނޑިޔާރު މުހައްމަދު ފައިސަލް އާއި އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް ހިމެނެ އެވެ. އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ރައީސް އަބްދުލްޣަނީ މުހައްމަދާއި ކުރިން ފަނޑިޔާރުކަން ކުރެއްވި އެހެން ބައެއް ބޭފުޅުން ވެސް ހިމެނެ އެވެ. މީގެއިތުރުން ބައެއް ވަކީލުންގެ ވެސް 12 ބޭފުޅުންގެ ތެރޭ ހިމެނެ އެވެ.