ކްރިމިނަލް ކޯޓުން މިއަދު ނެރުނު އާ އަމުރެއްގެ ދަށުން އުސް އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ރައުދު ޒިލާލު ހައްޔަރުކޮށްފި އެވެ. އޭނާ މިއަދު ހެނދުނު ދޫކޮށްލީ އޭނާ ހައްޔަރުކުރިއިރު ފުލުހުންނަށް ހެދިފައިވާ އިޖުރާއީ ގޯހެއް ރަނގަޅު ކުރަން ޕީޖީ އޮފީހުން ލަފާދީފައިވާތީ އެވެ. އާ އަމުރެއް ނެރުނީ އެ އިޖުރާއީ ގޯސް ރަނގަޅުކޮށްފައި ކަމަށް ބެލެވެ އެވެ.