ސެންޓަ އެންޓަޕްރައިސަސް އިން ސިވިލް ކޯޓަށް ހުށަހެޅި ދެ ދައުވާއެއް ސާބިތުކުރަން ސައްހަ ނޫން ލިޔުންތަކެއް ހުށަހެޅި އޮޑިޓަށް ފާހަގަކުރެވިފައިވާތީ, އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ބަންޑާރަ ނައިބުގެ އޮފީހުން ފުލުހަށް ހުށަހަޅައިފި އެވެ. ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނީ ސިވިލް ކޯޓުން ބަލާފައިވާ ދެ މައްސަލައެއްގައި ސައްހަ ނޫން ލިޔެކިޔުންތަކެއް އެ ކުންފުނިން ހުށަހަޅާފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.