ޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލް އިދާރާއެއްގެ އޮފީސް އިމާރާތް އަޅަން ސޮއިކޮށްފި އެވެ. މިއީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ދާ މަޝްރޫއުއެކެވެ. ޑިޒައިން އެންޑް ބިލްޑް އުސުލުން ގެންދާ މި މަޝްރޫއުގައި ދެ ގޮތަކަށް އޮފީސް އިމާރާތް ކުރަން ވަނީ ހަމަޖެހިފަ އެވެ. އެއީ, ބާވަތް 1 ގެ ދަށުން 30 ކައުންސިލް އިދާރާއަކާއި ބާވަތް 2 ގެ ދަށުން 20 ޢިމާރާތެކެވެ.