އުސް އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު ޒިލާލު ބަންދުން ދޫކޮށްލައިފި އެވެ. އޭނާ ބަންދުން ދޫކޮށްލީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ރައުދު ބަންދުން ދޫކޮށްލާފައިވަނީ އޭނާ ހައްޔަރުކުރިއިރު ފުލުހުންނަށް ހެދިފައިވާ އިޖުރާއީ ގޯހެއް ރަނގަޅު ކުރަން ޕީޖީ އޮފީހުން ލަފާދީފައިވާތީ އެވެ. ބަންދުން ދޫކޮށްލާފައިވާތީ, އޭނާ ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލަ ބާތިލްކޮށްދޭން ވެސް އެދުނެވެ.