މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ސިޓިޒެން" އިން ވަނީ އޮޑިޓާ ޖެނަރަލް އޮފީހުން ވަނީ އޮޑިޓާ ޖެނަރަލް ހުސެއިން ނިޔާޒީ 2022 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ މިހާތަނަށް ކުރެއްވި ރަސްމީ ދަތުރުތަކުގެ ތަފްސީލް ހޯދައިފަ އެވެ.
އެ ޑޮކިއުމަންޓްތަކުން އެނގޭ ގޮތުގައި ނިޔާޒީ ވަނީ މިދިޔަ ތިން އަހަރުގެ ތެރޭގައި 31 ފަހަރު ރާއްޖެއިން ބޭރަށް ރަސްމީ ދަތުރު ކުރައްވައިފަ އެވެ. އެ ދަތުރުތަކުގެ ތެރޭގައި ގާތްގަނޑަކަށް 200 ދުވަސް އޭނާ ވަނީ ރާއްޖެއިން ބޭރުގައި ހޭދަ ކުރައްވައިފަ އެވެ.
އެ ދަތުރުތަކުގެ ތެރޭގައި ބޭރުގެ ރަސްމީ ބައްދަލުވުންތަކާއި ސަރަހައްދީ އޮޑިޓަރުން އަދި އެކައުންޓަންޓުންނާ ގުޅޭ ހަފްލާތަކާއި ފޯރަމްތައް ހިމެނެ އެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރުގައި ލީޑާޝިޕް އާއި އެހެނިހެން ދާއިރާ އިން ތަމްރީން ހޯދަން ވެސް ވަނީ ދަތުރު ކުރައްވައިފަ އެވެ.
މި ތިން އަހަރުގެ ތެރޭގައި ކުރެއްވި 31 ދަތުރުގެ ތެރެއިން 18 ދަތުރަކީ ބޭރުން ފަންޑު ކޮށްގެން ދިޔަ ދަތުރުތަކެކެވެ. ނަމަވެސް އެ ދަތުރުތަކަށް ވެސް ޕޮކެޓް މަނީ އާއި އެހެނިހެން ހަރަދުތައް އޮޑިޓް އޮފީހުން ކުރި އެވެ.
ބާކީ ހުރި ދަތުރުތައް ކޮށްފައި ވަނީ އޮޑިޓް އޮފީހުގެ އަމިއްލަ ހަރަދުގަ އެވެ. އެގޮތުން މުއްދަތުގައި ނިޔާޒީގެ ދަތުރުތަކަށް އެކަނި ޖުމްލަ 779،530ރ. ވަނީ ދައުލަތުގެ ބަޖެޓުން ވަނީ ހަރަދު ކޮށްފަ އެވެ.
ތިރީގައި މިވަނީ އެ ދަތުރުތަކުގެ ބައެއް ތަފްސީލްތަކެވެ.
2022
- އޮޑިޓް އިމްޕެކްޓް ވޯކްޝޮޕް ފޯ އައިއެސްއޭއައި ލީޑަރާޒް އެންޑް ކީ ޖޭއެލް ސްޓޭކް ހޯލްޑާޒް - ފިލިޕީންސްގައި 7 ދުވަސް
- އިންޓަނޭޝަނަލް ކޮންގްރެސް އޮފް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަން - ބްރެޒިލްގައި 5 ދުވަސް
- ވޯލްޑް ކޮންގްރެސް އޮފް އެކައުންޓަންޓްސް - އިންޑިއާގައި 6 ދުވަސް
- ސީއޭ ސްރީލަންކާ ޓެގްސް އެވޯޑްސް - ސްރީލަންކާގައި 4 ދުވަސް
2023
- އައިޕީޔޫ ޖެނަރަލް އެސެމްބްލީ، ހައިލެވަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް - ބަހްރެއިންގައި 3 ދުވަސް
- ލީޑާޝިޕް މާސްޓަކްލާސް އޮން އެސްއޭއައިސް އެންޑް ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް - ފިލިޕީންސްގައި 6 ދުވަސް
- އެނުއަލް މީޓިން އޮފް އައިއެންޓީއޯއެސްއޭއައި ވޯކިން ގްރޫޕް އޮން ޕަބްލިކް ޑެޓް - މިސްރުގައި 6 ދުވަސް
- އޭޖީއޯ ޑެލެގޭޓްސް އެންޑް ޕެކް މެމްބާސް ބައިލެޓަރަލް ވިޒިޓް ޓު އެސްއޭއައި ސްލޮވާކިއާ - ސްލޮވާކިއާގައި 7 ދުވަސް
- އެންޓަޕްރައިޒް ރިސްކް މެނޭޖްމަންޓް ވޯކްޝޮޕް - މެލޭޝިއާގައި 8 ދުވަސް
- އޭޝިއަން އިވެލިއުޝަން ވީކް - ތައިލެންޑުގައި 7 ދުވަސް
- އެނުއަލް އައިއެންޓީއޯއެސްއޭއައި މީޓީން އޮން އައިޓީ އޮޑިޓް - ޔޫއޭއީގައި 5 ދުވަސް
- އައިޑީއައި ގްލޯބަލް ސަމިޓް ފޮ ޕްރޮފެޝިނަލައިޒޭޝަން އޮފް އެސްއޭއައި އޮޑިޓާޒް - ޔޫކޭގައި 3 ދުވަސް
2024
- ފިންލޭންޑަށް ދިޔުމަށް ވިސާ ނަގަން - އިންޑިއާގައި 5 ދުވަސް
- އައިއެންޓީއޯއެސްއޭއައި ވޯކިންގްރޫޕް އޮން އެންވާރަމަންޓަލް އޮޑިޓް - ފިންލޭންޑުގައި 8 ދުވަސް
- އައިއެފްއާރްއެސް ޓްރެއިނިން ކޮންފަރަންސް - ސްރީ ލަންކާގައި 6 ދުވަސް
- ކްލައިމެޓް ސްކޭނާ ގްލޯބަލް ކޯލް - އެމެރިކާގައި 5 ދުވަސް
- އޮޑިޓިން ކްލައިމެޓް ޗޭންޖް އިން ސިޑްސް - އޮސްޓްރިއާގައި 6 ދުވަސް
- އައިޑީއައި މާސްޓަކްލާސް އޮން އިންކްލޫސިވް ލީޑާޝިޕް - އޮމާންގައި 5 ދުވަސް
- އެސްއޭއައި ސަމިޓް - ބްރެޒިލްގައި 6 ދުވަސް
- އޭޝިއަން އިވެލުއޭޝަން ވީކް - ޗައިނާގައި 4 ދުވަސް
- ކެންބެރާ ފެލޯޝިޕް ޕްރޮގްރާމް - އޮސްޓްރޭލިއާގައި 9 ދުވަސް
- އޭއެސްއެސްއޯއެސްއޭއައި އެސެމްބްލީ - އިންޑިއާގައި 7 ދުވަސް
- އޭޑީބީ ރީޖަނަލް ޕަބްލިކް ސެކްޓާ އެކައުންޓިން ފޯރަމް - ފިލިޕީންސްގައި 5 ދުވަސް
- ގްލޯބަލް ސަމިޓް އޮން އެސްއޭއައި އޮޑިޓް ކޮންޓްރިބިއުޓިން ޓު ޑިޖިޓަލައިޒޭޝަން - ޖޯޖިއާގައި 6 ދުވަސް
2025
- އައިޓީ އޮޑިޓް ޓްރެއިނިން - ތުރުކީގައި 8 ދުވަސް
- ޖީސީއޭ ރައީސްގެ ދައުވަތަކަށް ބައްދަލުވުމަކަށް - ސައުދީ އަރަބިއްޔާގައި 10 ދުވަސް
- އެމެރިކާގެ އެމްބަސީ އޮޑިޓް ކުރުމަށް - އެމެރިކާގައި 15 ދުވަސް
- އިނޮގްރަލް މީޓިން އޮފް އޭއެސްއޯއެސްއޭއައި ވޯކިން ގްރޫޕް - މެލޭޝިއާ 5 ދުވަސް
- ޑަބްލިއުޖީއީއޭގެ ޗެއާ އާ ބައްދަލު ކުރުމަށް - އިންޑިއާގައި 7 ދުވަސް
- އައިއެންޓީއޯއެސްއޭއައި ޑަބްލިއުޖީއީއޭ އެސެމްބްލީ - މަލްޓާގައި 10 ދުވަސް
- އޭޝިއަން އިވަލުއޭޝަން ވީކް - ޗައިނާގައި 7 ދުވަސް
ދަތުރުތަކަށް ކުރެއްވުނު ހަރަދުތައް:
- 2022 - 173،246ރ.
- 2023 - 169،404ރ.
- 2024 - 64،912ރ.
- 2025 - 371،963ރ
މައްސަލައަކީ ކޮބާ؟
ތިން އަހަރުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ގާތްގަނޑަކަށް 200 ދުވަސް އޮޑިޓާ ޖެނަރަލް ހޭދަ ކުރެއްވުމަކީ އެތައް ގޮތަކުން ވަރަށް ބޮޑު މައްސަލައެކެވެ. އަދި ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް ކައުންސިލްތަކުންނާއި އެހެނިހެން ފަރާތްތަކުން ދައުލަތުގެ ހަރަދުގައި ބޭރު ދަތުރުތައް ކުރުން މަދު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ވެސް ސަރުކާރު މެންބަރުން ވެސް ގޮވާލަމުން ދިޔުމުގެ އިތުރުން ދައުލަތުގެ މުއައްސަސާތައް އެކަށީގެންވާ ގޮތެއްގައި ފަންގްޝަން ނުކުރާ މައްސަލަ ވަރަށް ބޮޑެވެ.
އޮޑިޓް އޮފީހަކީ އޭގެ "ލާމަސީލު" މިސާލެކެވެ؛ އޭގެ ތަފްސީލް މީގެ ކުރިން ވެސް ލިޔެފައި ވާނެ އެވެ.
ދައުލަތުގެ އިދާރާތައް އޮޑިޓް ކުރުމުގެ މަސައްކަތް ނިންމަން ޖެހޭ މުއްދަތުތަކެއް މާލިއްޔަތު ގާނޫނުގައި ލިޔެ އެ އޮފީހުގެ މައްޗަށް ލާޒިމް ކޮށްފައިވީ ނަމަވެސް އެ އޮފީހުން މިހާތަނަށް އެއަކަށް އަމަލު ކޮށްފައި ނުވެ އެވެ.
ގާނޫނުގައި ބުނާ މުއްދަތަށް އޮޑިޓްތައް ނިންމުމުގެ ބަދަލުގައި އަބަދުވެސް އޮޑިޓްތައް ނުކުންނަނީ އޭގެ އެތައް އަހަރެއް ފަހުންނެވެ. ދައުލަތުގެ އިދާރާތަކުގެ ތެރޭ ކޮރަޕްޝަން ހިންގައި ނިމި ތަން ހަފުސްވާ ފަހުން ނޫނީ އޮޑިޓް ރިޕޯޓުތައް ނުނެރެ އެވެ. މި ފަހުން ނެރުނު ފެނަކަ ރިޕޯޓަކީ އެއް ހެއްކެވެ.
އޭގެ ނަތީޖާއަކަށް ވަނީ އޮޑިޓް ރިޕޯޓުތަކަކީ ފަސް އަހަރުން އެއް ފަހަރު ކުރީ ސަރުކާރުގެ ގޯސްތައް ނެރެ ހާމަ ކުރާ ތަނަކަށް ވަނީ ވެފަ އެވެ. މައްސަލަތައް ހިނގަމުން ދާއިރު އެކަންކަން ބަލައި އަހަރުން އަހަރަށް އޮޑިޓުކޮށް ފިޔަވަޅު އަޅައި އިސްލާހު ކުރުމުގެ ކަންކަމެއް ނުހިނގަ އެވެ. ޕެރެލައިޒްވެ ބޭރު ދަތުރު ކުރާ ތަނަކަށް އޮޑިޓް އޮފީސް ވަނީ ވެފަ އެވެ.
މީގެ ކުރިން ވެސް އޮޑިޓާ ޖެނަރަލް އޮފީހުގެ މަސްއޫލިއްޔަތުތައް އެކަށީގެންވާ ވަރަށް އަދާ ނުކުރާ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. އަދި އޮޑިޓް ރިޕޯޓުތައް ލަސްވާ މައްސަލަ މަޖިލީހުގައި ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އެސިސްޓަންޓް އޮޑިޓާ ޖެނަރަލް ވެސް ވަނީ އެ މުއްދަތުގައި ވަރަށް ގިނަ ދަތުރު ކުރައްވައިފަ އެވެ.
މިހާރު ވެސް ދައުލަތުގެ އެތައް އިދާރާއެއްގެ އޮޑިޓް މަސައްކަތް ނިމިފައި ނުވާ އިރު އެކަންކަން ބަލައި ފިޔަވަޅު އަޅައި އަވަސް ކުރުމަށް މަސައްކަތް ކުރަން އެތައް މަސައްކަތެއް ކުރަން ޖެހެ އެވެ. ނަމަވެސް އެކަންކަން ކުރުމުގެ ބަދަލުގައި މި ފެންނަނީ އޮޑިޓާ ޖެނަރަލް ގިނަ ދުވަސްތަކެއް ރާއްޖެއިން ބޭރުގައި އުޅުއްވާ ތަނެވެ.