އޮސްޓްރޭލިއާގެ ސަރުކާރުން އެމްއެންޑީއެފް އަށް ގާޑިއަން-ކްލާސް ޕެޓްރޯލް ބޯޓެއް ހަދިޔާ ކުރަން ނިންމައިފި އެވެ. އެކަން އިއުލާނުކުރީ އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސްއާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ނެރުއްވި ޖޮއިންޓް ސްޓޭޓްމަންޓެއްގަ އެވެ. ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓުތަކަކީ އޮސްޓްރޭލިއާގައި ޑިޒައިންކޮށް ހަދާފައިވާ، ކުދި ޕެޓްރޯލް އުޅަނދުތަކުގެ ބާވަތެކެވެ.