އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްގެ މަގާމަށް ރާއްޖެ އިންތިހާބުވެއްޖެ އެވެ. އދ. ގެ އާންމު މަޖިލީހުގެ ނައިބު ރައީސުންގެ މައިގަނޑު މަސްއޫލިއްޔަތަކީ، އެ ސެޝަންގެ ރައީސެއް ނެތް ހާލަތެއްގައި، ނުވަތަ ރައީސަށް ސެޝަންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިނުގެންނެވޭ ހާލަތެއްގައި ވަގުތީ ރައީސްގެ ހައިސިއްޔަތުން ރައީސްގެ ޒިންމާތައް އަދާކުރުމެވެ.