ނޭޕާލަށް ސަފީރުކަމަށް އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައި ވަނީ އިންޑިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ އެވެ. އަޔާލޭންޑު ސަފީރުކަމަށް އައްޔަންކުރަން ފޮނުއްވީ އިނގިރޭސިވިލާތުގެ ސަފީރު އިރުތިޝާމް އާދަމްގެ ނަމެވެ. އަދި ޔޫކްރެއިން ސަފީރުކަމަށް އައްޔަނުކުރަން ރައީސް ފޮނުއްވާފައި ވަނީ ބެލްޖިއަމް އާއި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީގެ ނަމެވެ.