"ސްޓީލިން ޕްރެޑައިސް"ގެ ނަމުގައި އަލްޖަޒީރާއިން ދެއްކި ޑޮކިއުމެންޓްރީގައި ރާއްޖެއަށް ކަޅު ފައިސާ ގެނެސް, އެ ލޯންޑާކުރާ ގޮތް ފަޅާއަރުވާލާފައިވެ އެވެ. އެކަން ކުރަން ރޭވި އެއް ޑީލްގެ ހުރިހާ މައުލޫމާތަކާ އެކު އަލްޖަޒީރާއިން ރިޕޯޓެއް ގެނެސްދިންއިރު, ޓޫރިޒަމް ޕްރޮޖެކްޓްތަކަށް ހަރަދުކުރާ ފައިސާގެ ގޮތުގައި ބޭރުން ފައިސާ ގެނެސް, އެމްއެމްއޭ މެދުވެރިކޮށް ބޭންކްގެ ނިޒާމްގެ ތެރެއަށް ވައްދާ އެ ޕްރައިވެޓް އެކައުންޓަކަށް ޖަމާކޮށް, އެ ފައިސާއަކީ އިންވެސްޓްކުރާ ފައިސާގެ ގޮތުގައި ދޮންނަ ގޮތް އެ ރިޕޯޓްގައި ކިޔައިދީފައިވެ އެވެ. 

މިކަން އަލްޖަޒީރާގެ އިވެންޓިގޭޝަނުން ތަހުގީގުކޮށްފައިވަނީ މިފަދަ އެ ޑީލް ފަޅާއަރުވާލައިގެންނެވެ. ސިންގަޕޫރްގައި ރާވަމުންދިޔަ އިންޑޮނޭޝިއާގެ ވިޔަފާރިވެރިއެއްގެ ކަޅު ފައިސާ މި ޑީލްއާ އެއްގޮތަށް ރާއްޖެއަށް ގެނައި ކަމެއް ސާފުނުވިޔަސް, އެކަން ކުރަން އުޅުނު ކަން އަލްޖަޒީރާއިން ހެއްކާ އެކު ހާމަކުރި އެވެ. މި ޑީލް ފައްކާ ކުރަން އަމަލީ ގޮތުން އުޅުނު އެކަކަކީ ސިންގަޕޫރްގެ ޓޭން ކުއަން ޔޫ އެވެ. 

ޓޭން ކުއަން ޔޫގެ ވާހަކަ އަނެއްކާވެސް ދައްކަން ޖެހުނު ސަބަބު

ސޯޝަލް މީޑިއާގައި ލީކްކޮށްލާފައިވާ "އަދީބު ފައިލްސް"ގައި ވަރަށް ގިނައިން ޓޭން ކުއަން ޔޫގެ ނަން އެބަ އޮތެވެ. އޭނާގެ ގިނަ މެސެޖްތަކެއް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މޭސްތިރި, ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކޮށްފައިވެ އެވެ. ބައްދަލުކޮށް ހަދާފައިވާ ކަން ވެސް އެ މެސެޖްތަކުން އެނގެ އެވެ. ޓޭން, އަދީބާ މުއާމަލާތްތައް ކޮށްފައިވަނީ އެންމެ ބޭނުމަކު އެވެ. އޭނާގެ ކޮންމެ މެސެޖެއް ވެސް ފޮނުވާފައިވަނީ އަދީބާ އެކު ޑީލެއް ކުރެކް ކުރެވޭތޯ އެވެ. އެ މަސައްކަތުގައި ވަރަށް ގަދައަށް އޭނާ އުޅުނުއިރު, އަދީބުގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ނުލިބި, ޑީލްގެ ކަންކަން ލަސްވާތީ އޭނާ ނުރުހުން ވެސް ފާޅުކޮށްފައިވެ އެވެ. 

މި ހުރިހާ މެސެޖެއްގެ ތެރެއިން ޓޭން ކުއަން ޔޫއާ އެންމެ ބޮޑު ގުޅުމެއް އޮތް ކަމަށް ބެލެވޭ ބޭފުޅެއްގެ ގޮތުގައި ފާހަގަވެގެން ދިޔައީ މިހާރުގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނެވެ. 

ގައްސާން ހެދީ އަދީބާއި ޓޭންއާ އެކު ވަކި ގްރޫޕެއް

ލީކްވެފައިވާ މެސެޖްތަކުން އެނގޭ ގޮތުގައި "ޑީލް"ގެ ކަންކަން ކުރިއަށް ގެންދަން ފަސޭހަ ކުރަން ގައްސާން ވަނީ ޓޭން އާއި އަދީބު ހިމަނައިގެން ވަކި ގްރޫޕެއް ވައިބާގައި ހަދައިފަ އެވެ. އެ ގްރޫޕް ހެދުމަށްފަހު, އެކަން އޭނާ އަދީބަށް އަންގާފައިވެސް ވެ އެވެ. 

"ގްރޫޕެއް މި ހެދީ ވިތް ޓޭން ކުއަން ޔޫ, މީ އެންޑް ބްރޯ," 17/08/2014 ވަނަ ދުވަހު ގައްސާން ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

"ޔުއާ އަދާ ނަންބަރ އިނގޭ. ޑޯން ނޯ އިފް ހީ ނިއު ދިސް ނަންބަރ ވީމަ," 

ލީކްވެފައިވަނީ އަދީބުގެ އެ ނަންބަރުގައި ހުރި މެސެޖްތައް ނޫން ކަމުން, އެ ގްރޫޕްގައި ދައްކާފައިވާ ވާހަތައް ހާމައެއް ނުވެ އެވެ. އެކަމަކު, ޓޭން ކުއަން ޔޫ އާއި ގައްސާން, އަދީބަށް ވަކިން ކޮށްފައިވާ ގިނަ މެސެޖްތަކެއް "އަދީބު ފައިލްސް"ގައި ފެންނަން އެބަ ހުއްޓެވެ. 

"އެވްރީތިން އިސް އިން އޯޑަރ. ވީއާރ މީޓިން ބީއެމްއެލް ސީއީއޯ މޮމެންޓަރަލީ," ގައްސާންގެ މެސެޖެއްގައިވެ އެވެ. އެ މެސެޖާ ޖެހިގެން ޓޭން އަދީބަށް ކޮށްފައިވާ މެސެޖްގައި ބުނެފައިވަނީ "ޕްލީސް އެރޭންޖް ފޯރ މީ ޓު މީޓް ދަ ރައިޓް ޕާސަން އިން ދަ ބޭންކް ވައިލް އައި އޭމް އިން މޯލްޑިވްސް" 

ޓޭން ކުއަން ޔޫގެ ޑީލްގެ ކަންކަން އަވަހަށް ނިންމަން ގައްސާން, އަދީބަށް ބާރުއަޅާފައިވާ ކަން ވެސް މެސެޖްތަކުން އެނގެ އެވެ. 

"ބްރޯ, ވީ ނީޑް ޓް ފައިނަލައިސް ޓޭން އެންޑް އަދާ ތިންގްސް ބިފޯ ޔޫ ލީވް…" 

"ޓޭން ކުއަން ޔޫ ކާމް ޑައުން ވެއްޖެ", ގައްސާން އަދީބު ކުރެން ސުވާލު ކޮށްފައިވެ އެވެ. 

ސިންގަޕޫރްގައި އަދީބު ބައްދަލުކުރާނެ ކަމުގެ ޔަގީން ކަން ގައްސާން ދޭ މެސެޖެއް ވެސްވެ އެވެ. ނަމަވެސް, އެއީ ސީދާ ކޮން ކަމަކާ ގުޅޭ މެސެޖެއް ކަން ނޭނގުނަސް އެ މެސެޖުން އިނގިރޭސި ބަހުން ގައްސާން ޔަގީންކަން ދީފައިވަނީ ސިންގަޕޫރްގައި ހުރި ބޭރު މީހަކަށް ކަމަށް ބެލެވެ އެވެ. އަދި ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމުގެ ޔަގީން ކަން ވެސް ދީފައިވެ އެވެ. 

"އޭސް މިނިސްޓަރ ޖަސްޓް ސެއިޑް, ހީ ވިލް މީޓް އިން ސިންގަޕޫރް ޓްމޮރޯ. އެވްރީތިން އިސް އިން އޯޑަރ," 

ކަޅު ފައިސާގެ ބޮޑު ޑީލެއް ކޭން އަދީބާ އެކު ކުރަން ރާވަމުންދިޔައިރު އޭގެ މެދުވެރިއެއްގެ ރޯލު އަދާކުރީ ގައްސާން ކަމަށް މި މެސެޖްތަކުގެ ސަބަބުން ބެލުމުގެ ފުރުސަތު އެބަ އޮތެވެ. އަދީބުގެ ފައިލްސްގައި ގިނަ ބަޔަކު އޭނާ ކައިރިން އެހީއަށް އެދި, ފައިސާ ހޯދާފައިވާ ކަން އެނގެން އޮތްއިރު, އެ އެންމެންނަކީ އަދީބާ އެކު ޑީލްތަކުގައި އުޅުނު މީހުނެއް ނޫނެވެ. އެމްއެމްޕީއާރްސީގެ ތެރެއިން ދައުލަތުގެ ބޮޑު ވައްކަމެއް ހިނގާކަން އެނގޭ މީހުންނެއް ވެސް ނޫނެވެ. ގިނަ މީހުން ފައިސާގެ އަޅުވެތިކަމުގައި އަދީބުގެ އަޅުންނަށްވެގެން ތިބީ އެވެ.

އެކަމަކު, ގައްސާންގެ މެސެޖްތަކުން އޭނާއަކީ އެ ކެޓަގަރީގެ ބޭފުޅެއް ނޫން ކަން އެނގެ އެވެ. އަދީބު ހިންގަމުންދިޔަ ޑީލްތަކާއި ކުރަމުންދިޔަ މަޝްވަރާތައް ގައްސާނަށް ވަރަށް ރަނގަޅަށް އެނގެ އެވެ. ނުގައިދު މަގުން ހިނގަމުންދިޔަ ކަންކަމުގައި ގައްސާންގެ ބައިވެރިވުމާއި އެއްބާރުލުން އޮތް ކަން ގައްސާން އަމިއްލަ ނަންބަރުން އަދީބަށް ފޮނުވާފައިވާ މެސެޖްތަކުން ވަނީ އެނގި ހާމަވެފަ އެވެ.

އެހެންވީއިރު މިއަދުގެ ޑިފެންސް މިނިސްޓަރުގެ ކިބައިން ވަރަށް ގިނަ ކަންކަން ސާފުވާން އެބަ ޖެހެ އެވެ. ގައްސާން އާއި ކޭންއާ ދެމެދު އޮތް ގުޅުމާއި އަދީބާ އެކު ކުރަން އުޅުނީ ކީއްކަން މިއަދު ސާފުވާން އެބަ ޖެހެ އެވެ. އެކަމަށް ޖަވާބުދާރީވާން ޖެހެ އެވެ.

ޑިފެންސް މިނިސްޓަރު ފަދަ ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކާ ދިމާއަށް މިވަރުގެ ބޮޑު ތުހުމަތެއް ދިޔުމަކީ އާދައިގެ ކަމެއް ނޫނެވެ. އާންމު ގޮތެއްގައި ޖަވާބުދާރީވުމުގައި ފަހަތު ފަޔަށް ބުރަވާ, ނޫސްވެރިންނަށް ވެސް ފިލައިގެން އުޅުއްވާ މިނިސްޓަރު މިކަމުގައި ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހެ އެވެ. މިއީ, އެހެން ގައުމުތަކުގައި ބޭފުޅުން އިސްތިއުފާ ދެއްވަން މަޖުބޫރުވާ ހާލަތެކެވެ.

ގައްސާންގެ އެހެން ބައެއް މެސެޖްތައް: 

"ޗެކް ނޮޓް މުޅިން އޯކޭ" 

"ސަންޑޭއަށް އައި ކޭން ބެގް އެންޑް ޑްރޭގް ކޭޝް ލިބެންޔާ" 

ޓައިމް އައި ކޭން ބައި" 

"ބަޓް ވެން ކޭން ވީ މީޓް" 

ބްރޯ, ވަޓްސް ދަ ސްޓޭޓަސް, އޭމް ސްޓިލް ވެއިޓިން" 

"ބްރޯ, މިއަދު މައި ޕާސަނަލް އެއްކަލަ ކަންތައް ކޮށްލަ ދެއްވޭތޯ ބަލާ ދެއްވައްޗޭ ޕްލީސް ބިފޯ ބޭންކް ކްލޯސެސް? ޕްލީސް ޕްލީސް" 

"މިއަދު ޕްލީސް ހެލްޕް މީ އޭސް ބޮޑު ބަންދު އެހެޑް" 

"ތެންކްސް ބްރޯ" 

"ބްރޯ. މައި އެއްކަލަ ޕާސަނަލް ކަންތައް ކޮށްލަ ދެވޭނެ ތަ ޓްނައިޓް? އޭރަށް ބޭންކް ނިންމާލަން އާލީ ޓްމޯރޯ މޯނިން? ތާސްޑޭ ވީމަ އެންޑް ބްރޯ ފްލައިން އައުޓް ޓްމޯރޯ ވީމަ" 

"ތެންކިއު ބްރޯ, ރިސީވްޑް ފްރޮމް އޮއިއްޓޭ. ވިޝް ޔޫ އަ ސޭފް ޖާނީ. ހޭވް ފަން އިން ސިންގަޕޫރް" 

ގައްސާންގެ ސިޔާސީ ބެކްގްރައުންޑް

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ޔޫތު މިނިސްޓްރީގައި ހުންނެވި ގައްސާން އާއި އަދީބާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮތެވެ, އާންމުކޮށް ދެ ބޭފުޅުން ބައްދަލުކުރައްވާ އުޅުއްވި އެވެ. ނަމަވެސް, ރައީސް ޔާމީން އަވަހާރަކޮށްލަން ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހިސާބުން އަދީބު ހައްޔަރުކުރުމުން ގައްސާން, އޭނާއާ ގުޅުން ކަނޑާލި އެވެ. އޭގެ ފަހުން ހުންނެވީ ރައީސް އޮފީހުގައި ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގަ އެވެ. 

ކުރީގެ ރައީސް އަދި ގައްސާންގެ ބައްޕާފުޅު މައުމޫން އަބްދުއްގައްޔޫމްގެ އަތުން ޕީޕީއެމް ނަގައި, ޔާމީން އިސްވެ ހުންބަވައި އެމަނިކުފާނު އެ ޕާޓީން ބޭރުކުރުމުން ވެސް ގައްސާން ހުންނެވީ ޔާމީންގެ އަރިހުގަ އެވެ. ޕީޕީއެމް މައުމޫން އަތުން ނެގި ގޮތާ މެދު އެތައް ބަޔަކު ހަމްދަރުދީ ފާޅުކުރިއިރު, ގައްސާން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އޭގެ ފަހުން ރިޝްވަތުގެ ތުހުމަތުގައި އުމުރުން ދުވަސްވީ ބައްޕާފުޅު ހައްޔަރުކޮށް ޖަލަށްލުމުން ވެސް ގައްސާން އެއްޗެއް ވިދާޅެއް ނުވެ އެވެ. އޭގެ ބަދަލުގައި ޔާމީންގެ ސަރުކާރުގެ ދިފާއުގައި އައްޑަނައެއްގެ ގޮތުގައި, ބައްޕާފުޅާއި އާއިލާއާ ދެކޮޅަށް ހުންނެވި އެވެ. 

ރައީސް ޔާމީންގެ ވެރިކަން ނިމި, އެމަނިކުފާނު ޖަލަށް ލުމާ އެކު ޕީޕީއެމްގެ ބޮޑު ކޮންޓްރޯލެއް ގައްސާނަށް ލިބުނެވެ. ގައްސާން ފެކްޝަންގެ ގޮތުގައި ބޮޑު ޓީމެއް ވެސް އޮތެވެ. އެ ޓީމުން ރިޔާސީ އިންތިހާބަށް ގައްސާން ނެރެން ރާވަމުން ވެސް ދިޔަ އެވެ. އެފަދަ މަޝްވަރާތައް ކުރާ ކަން ޔާމީންއާ ހަމައަށް ދިޔުމުން ގައްސާންއާ މެދު ހިތްހަމަނުޖެހުނު ކަމުގެ އަޑުތައް ވެސް އެރި އެވެ. ޔާމީނަށް ވާދަ ނުކުރެވޭ ހާލަތުގައި ކެންޑިޑޭޓަކަށް ވާނީ ގައްސާން ކަމަށް އެންމެން ވެސް ގަބޫލުކޮށްގެން ތިއްބައި, ސެނެޓްގެ ބޮޑު ތާއިދެއް ހޯދައިގެން ޓިކެޓް ހޯއްދެވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. 

މުއިއްޒުގެ ކެންޑިޑެންސީއަށް ތާއިދުނުކޮށް އޭރުގެ ޕީޕީއެމްގެ ލީޑަޝިޕްގެ ގިނަ ބޭފުޅުންތަކެއް އެންމެ ފުރަތަމަ ތިއްބެވިއިރު, އޭގެ ތެރޭގައި ގައްސާން ވެސް ހިމެނެ އެވެ. ނަމަވެސް, ފަހުން ޔާމީންގެ ތާއިދު އޮތް ކަން ހާމަކުރުމާ އެކު ގައްސާން ވެސް ވަނީ މިހާރުގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްއާ އެކު ކެމްޕެއިން ދަތުރުތައް ކުރައްވައިފަ އެވެ. ގައްސާން ކެމްޕެއިނަށް ވަޑައިގެންނެވީ ހުސެއިން މުހައްމަދު ލަތީފާ އެކު އެވެ. 

މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު ކަމުގެ މަގާމު ގައްސާނަށް ރައީސް މުއިއްޒު ދެއްވިއިރު, މިހާރު ގައްސާން ފެންނަނީ ރައީސަށް ވަރަށް ބޮޑަށް ސަނާ ކިޔުއްވައި, ތައުރީފް ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. 

ކޭންއާ އެކު 60 މިލިއަން ޑޮލަރު ޑީލެއްގެ ވާހަކަ! 

ޓޭން ކުއަން ޔޫ އާއި އަދީބާ ދެމެދު ދެކެވިފައިވާ ވާހަތަކަށް ބަލާއިރު ޓޭން މަސައްކަތް ކުރަމުންދިޔައީ 60 މިލިއަން ޑޮލަރުގެ ޑީލެއްގައި ކަމަށް ބާރުދެ އެވެ. އެ ޑީލްގެ މާބޮޑު ތަފްސީލެއް މެސެޖްތަކުން ސާފު ނުވި ނަމަވެސް, ކާގޯ ބޯޓެއްގައި އެއްޗެއް ރާއްޖެ ގެންނަން މަސައްކަތް ކުރި ކަން އެނގެ އެވެ. 

"60 މިލިއަން މޭބީ ދަ ފަސްޓް ޑީލް ބަޓް ދެއާ ޖަސްޓް އަ ސްމޯލް ޓެސްޓް ކޭސް, ފޯރ ފިއުޗާ ސްކޭލް އައި ކެނޮޓް އެފޯޑް އަންސާނިޓީސް," ކޭން އަދީބަށް ކުރި މެސެޖެއްގައިވެ އެވެ. އޭގެ ފަހުން އެއަށްވުރެ ބޮޑު ޑީލެއް ލިބުނު ކަމަށް ވެސް ކޭން އަދީބު ގާތު ބުނެފައިވެ އެވެ. 

"ދެއާ އިސް އަ ޕްރޮޕޯސަލް ޓު ޑޫ އަ 100 މިލިއަން އޮން ދަ ޓޭބަލް, އައި ހޭވް ނޮޓް އެގްރީޑް ޔެޓް, ކޭން ޔޫ ހޭންޑަލް ދިސް ސައިޒް?" 

އަލްޖަޒީރާ ރިޕޯޓްގައި ބުނެފައިވާ ގޮތުން ރާއްޖެއަށް ކަޅު ފައިސާ ގެންނަނީ މަތިންނެވެ. ކޭންގެ މެސެޖްތަކަކުން ވެސް ސިފަވާ ގޮތުގައި އެމީހުން ތައްޔާރުވަމުން ދިޔައީ ކާގޯއެއް ޝިޕް ކުރާށެވެ. 

"އައި ޑިޑް އަ ރިޕޯޓް ޓު ރޮސިހަން, ހީ އިސް ކޮންފަޓަބަލް ވިތު ޑީޓެއިލްސް އިން މޯލްޑިވްސް. ވީ ކޭން ކޮންފާމް އަވާ ޝެޑިއުލް ޓު ޝިޕް ކާގޯ ބައި ނެކްސްޓް ވީކް. އައި ތިންކް ނޯ ނީޑް އަ މީޓިން ވިތު ޕްރެސިޑެންޓް އަންޓިލް އާފްޓާ ޓްރާންސެކްޝަން. މޯ އިންޕޯޓް ޓު ހޭވް އަ ލެޓާ އެންޑް ފޯ ޔޫ ޓު ކޮންފާމް ވެން ޔޫ އަރ ރެޑީ ޓު ރިސީވް ކާގޯ. އިފް ޓައިމް ޕާމިޓް ވީ ކޭން މީޓް އެގެއިން ޖަސްޓް ޓު މޭކް ޝުއަރ އެވްރީތިން އިސް އޯކޭ," ޓޭން ކުއަން ޔޫ, އަދީބަށް މެސެޖްކޮށް ބުނެފައިވެ އެވެ. 

ޓޭން ކުއަން ޔޫގެ ގިނަ މެސެޖްތަކެއް އަދީބަށް ކޮށްފައިވާއިރު, އޭނާ އާއި ގައްސާންއާ ދެމެދު ގާތް ގުޅުމެއް އޮތް ކަން ވެސް ހާމަވެ އެވެ. އެފަދަ އެއް މެސެޖްގައި ކޭން ބުނެފައިވަނީ; 

"އައި ރިސީވުޑް އަ މެސެޖް ފްރޮމް ގައްސާން ސޭއިން ތިންގްސް އަރ މޫވިން އާފްޓާ އަ ލޯންގް ޑިލޭ. ގެޓިން އަ ބިޓް ކޮންފިއުސްޑް, އޭމް އައި ސްޓިލް ޑީލް ތްރޫ ޔޫ" 

ކޭން ވަނީ ރާއްޖެ އަންނަން ޝެޑިއުލް ހަދައި, އެ މުއްދަތުގައި ކަންކަން ހަމަޖެހޭނެ ކަމުގެ ޔަގީންކަމަށް ވެސް އަދީބު ކައިރިން އަހައިފަ އެވެ.އޭނާ އަންނާނެ ކަމާއި ފަންޑު ވެސް ލިބޭނެ ކަމުގެ ހަބަރު އަދީބަށް ފަޔާޒު (ޕާޕާ) ދީފައިވެ އެވެ. 

"ކޭން ޔޫ އިސް އެރައިވިން އޮން ވެޑް ޓު އޯޕަން ދަ އެކައުންޓް އެންޑް 14 އޯރ 16 ލޭޓެސްޓް ފަންޑްސް ވިލް އެރައިވް" ޕާޕާ ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ. 

ޑީލް ހިނގާނެ ގޮތް ވެސް ކޭން މެސެޖަކުން އަދީބަށް ކިޔައިދީފައިވެ އެވެ. "ދަ ކޭޝް ޝުޑް ބީ ޑިޕޮސިޓެޑް އިންޓު އަވަރ އެކައުންޓް ކްރިއޭޓެޓް އަންޑަރ އަވާ ނޭމް އެންޑް ދަ ލޯނު އައުޓް ޓު ގަވަރމެންޓް ފްރޮމް ދެ އަރ އޯރ އިންވެސްޓް ފްރޮމް ދަ އެކައުންޓް އިންޓު ޕްރޮޖެކްޓް,"