މޫސާ ރަޝީދު

ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިޔުމާ ދޭތެރޭ ވަރަށް ގިނަ ކަންތައްތަކެއް ހިނގި އެވެ. އެއީ ބާރުގަދަ އިނގިރޭސިވިލާތުން ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް އަތްގަދަ ކުރަމުން ދިޔަ އަހަރުތަކެކެވެ. އީސްޓް އިންޑިއަން ކޮމްޕެނީގެ ވިންގެއް އިންޑިއާގައި ގާއިމްކޮށްގެން ތިބެ އެ ސަރަހައްދުގެ އެހެން ގައުމުތަކަށް ނުފޫޒު ފޯރުވަމުން ދިޔަ އެވެ.

ރާއްޖޭގެ ދާހިލީ އަދި ސިޔާސީ މަސްރަހު ވެސް އޮތީ ވަރަށް ހަލަބޮލި ކޮށެވެ. އެތެރޭގެ ހަމަނުޖެހުން ވަރަށް ބޮޑެވެ. ނުފޫޒުގަދަ ކަކާގޭ އާއިލާ އާއި އަތިރީގޭ އާއިލާ ދެމެދު ކޯޅުންގަނޑެއް ހިނގަމުން ދިޔަ އެވެ. ވޯރާ ވިޔަފާރިވެރިންގެ ނުފޫޒު ގަދަވި އެވެ. އަދި "ބޮޑުހުޅު" ހާދިސާ ވެސް ހިނގީ އެ ދުވަސްވަރެވެ.

މި ހުރިހާ ކަމެއްގެ ތެރެއިން ވެސް ދިވެހިންނަށް ގެއްލިގެން ދިޔަ އެންމެ ބޮޑު ކަމަކީ ރާއްޖޭގެ މިނިވަންކަމެވެ. މިއަދު މިނިވަން ގައުމެއްގެ ގޮތުގައި 60 އަހަރު ފުރުން ފާހަގަ ކުރާއިރު ރާއްޖޭގެ ސިޔާދަތީ އެންމެ މަތީ މަސްލަހަތަށްޓަކައި ރައީސް އިބްރާހިމް ނާސިރު ކުރެއްވި "ހަނގުރާމަ" އާއި ރަނގަޅު ދަނޑިވަޅުގައި އެޅުއްވި ވަރުގަދަ ފިޔަވަޅުތައް ބަލައިލަން ޖެހެ އެވެ.

މިއީ ރާއްޖެ މިނިވަންކަމަށް ކުރި ދަތުރެވެ؛

ޑިސެމްބަރު 16، 1887 - ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބޮޑެތި ބަދަލުތަކުގެ ތެރެއިން އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ވެއްޓުނެވެ.


އޭޕްރިލް 23، 1948 - ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ދާހިލީ މިނިވަންކަމުގެ އެގްރިމަންޓެއްގައި ސޮއި ކުރި އެވެ.

ފާމުލަދޭރި ކިލެގެފާނާއި ރައީސް އަމީން އަދި އިންޑިއާގެ އޭރުގެ ރައީސް ވީ.ވީ ގިރީ

ޑިސެމްބަރު 25، 1955 - އައްޑޫގައި އިނގިރޭސިންގެ ރޯޔަލް އެއާފޯސް ގާއިމްވެ ތިބުމަށް އަސްކަރީ މަރުކަޒު ހެދުމުގެ އަމަލީ މަސައްކަތް ފެށި އެވެ.


ޑިސެމްބަރު 15، 1956 - އައްޑޫ އިން 110 އޭކަރު ބިން 100 އަހަރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެ އާއެކު ސޮއި ކުރި އެވެ.


އޭޕްރިލް 1، 1956 - އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް އައްޑޫގައި ގާއިމް ކުރުމާ ދެކޮޅަށް ދިވެހި ސަރުކާރުން މަސައްކަތް ފެށި އެވެ.

އަބްދުﷲ އަފީފް އިނގިރޭސީއިންނާއެކު އައްޑޫގައި

1959 - ރާއްޖެ ދެބައިކޮށް ވަކި ސަރުކާރެއް އުފައްދަން އުޅުން

ޖެނުއަރީ - އިނގިރޭސީންގެ އެހީގައި ރާއްޖޭގެ ދެކުނުގައި ވަކި ސަރުކާރެއް (ސުވަދީބް) އުފައްދަން އަބްދުﷲ އަފީފް އިއުލާން ކުރެއްވި އެވެ.

ފެބްރުއަރީ - ރާއްޖެ އަށް މިނިވަން ކަން ލިބިފައިވާ ކަމުގެ ގަރާރެއް ރަސްމީކޮށް އިއުލާން ކުރުމަށް އިނގިރޭސި ސަރުކާރަށް ހުށަހެޅި އެވެ.

ޖުލައި - ދެކުނުގައި އުފެއްދި ވަކި ސަރުކާރު ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ގެނަ އެވެ.

އޮގަސްޓު - ސަރުކާރުން ހިންގި ހަރަކާތުގައި މީހުން މަރުވެފައިވާތީ އިނގިރޭސީން ރާއްޖެ އަށް އިންޒާރު ދީ އިތުރަށް ސިފައިން ގަމަށް ފޮނުވި

ސެޕްޓެމްބަރު - އަވަށްޓެރި އަދި އިސްލާމީ ގައުމުތަކުގެ ތާއީދު ހޯދުމަށް ސަރުކާރުން މަސައްކަތް ފެށި

ނޮވެމްބަރު - ދިވެހިން ފާޅުގައި އިނގިރޭސީންނާ ދެކޮޅު ހަދަން ފެށި


ފެބްރުއަރީ 3، 1960 - އިނގިރޭސިވިލާތާއެކު ކުރި އެއްބަސްވުމެއްގެ ދަށުން އައްޑޫ ބަޣާވާތް ނިމުމަކަށް ގެނައި ކަން އިއުލާން ކުރި.


ސެޕްޓެމްބަރު 29، 1963 - އިނގިރޭސީން ބާޣީ ސަރުކާރުގެ ވެރިޔާ އަފީފް ސޭޝެލްސް އަށް ގެންދިޔަ


ފެބްރުއަރީ 14، 1960 - އައްޑޫގެ ބައެއް 100 އަހަރަށް ދިން މުއްދަތު 30 އަހަރަށް ބަދަލު ކުރަން އޯލްޕޯޓް އެގްރީމަންޓްގައި ސޮއި ކުރި.


ސެޕްޓެމްބަރު 28، 1963 - ފުރިހަމަ މިނިވަންކަމަށް އެދި ހުށަހަޅާ ހުށަހެޅުން އިނގިރޭސީން ގަބޫލު ކުރަން އެދުނު.

ޖޫން 23، 1964 - ރާއްޖެ އަށް މިނިވަންކަން ދިނުމާ ބެހޭ ގޮތުން ދެ ގައުމު ދެމެދު ލަންޑަނުގައި މަޝްވަރާ ފެށި


26 ޖުލައި 1065 - ސިލޯނުގައި ހެނދުނު 10:00 ގައި ބޮޑޫވަޒީރު ނާސިރު މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއި ކުރި.