ލ. ގަން ކައިރީ އޮންނަ މަހަކަންފުށި ފަޅު ރަށް ކައިރި އަށް މަސް ހިފަން މޫދަށް ފައިބާ އުޅުނު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. ފުލުހުން ބުނީ އޭނާ ގެއްލިގެން އިއްޔެ 9:50 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހޯދަމުން ދަނިކޮށް އިއްޔެ 11:00 ހާއިރު އޭނާގެ ހަށިގަނޑު މޫދުން ވަނީ ފެނިފަ އެވެ. އޭނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.